ރާއްޖޭގެ ސިޔާސީ ޕާޓީ އަދި އައިޑީ ކާޑުގެ މައުލޫމާތު ލީކްކޮށްލައިފި

ލީކްކޮށްލި ސައިޓުގެ ސްކްރީން ޝޮޓެއް ލީކްކޮށްލި ސައިޓުގެ ސްކްރީން ޝޮޓެއް

ރާއްޖޭގެ ސިޔާސީ ޕާޓީގެ ދަފްތަރު އަދި އަޑީކާޑްގެ މައުލޫމާތުތައް ލީކްކޮށްލައިފި އެވެ.

އެނޮނިމްސް މޯލްޑިވްސް ކިޔާ ބަޔަކު މިޑާޓާބޭސް ލީކްކޮށްލުމަށް ފަހު އެމީހުން އިންޓަނެޓުގައި ޝާއިއު ކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ މިމައުލޫމާތު ކޮންމެ ދިވެއްސަކަށް ވެސް އެނގެން ޖެހޭނެކަމަށް އެމީހުން ގަބޫލު ކުރާތީ މިޑާޓާބޭސް ލީކްކޮށްލަން ޖެހުނީ ކަމަށެވެ.

އެމީހުންގެ ބަޔާނުގައި ބުނެފައި ވަނީ މިއީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓުރޭޝަން އާއި އިލެކްޝަން ކޮމިޝަންގެ ޑޭޓާރބޭސް ކަމަށެވެ. ލީކުކޮއްލި މައުލޫމާތުގެ ތެރޭގައި އަޑީކާޑު ނަމްބަރާއި، ގޭގެނަމާއި އުފަންދުވަހާއި ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ މައުލޫމާތުތައް ފަދަ މުހިންމު މައުލޫމާތުތައް ހިމެނެއެވެ.

އެނޮނިމްސް މޯލްޑިވްސް އިން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދުގެ އަޑީކާޑް ނަންބަރު ވެސް ލީކްކޮއްލާފައެވެ. އެމަނިކުފާނުގެ އަޑީކާޑް ނަމްބަރަކީ A-010400 އެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މިއީ ފެށުމެއް ކަމަށާއި މިމައުލޫމާތުތައް އެމީހުން އަޕްޑޭޓް ކުރަމުން ގެންދާނެ ކަމަށެވެ.

އަދި މިކަންކުރީ ކޮންބައެއްކަން ހޯދަން ނޫޅުމަށް ވެސް ބަޔާނުގައި ގޮވާލާފައި ވެއެވެ.

އެނޮނިމްސް މޯލްޑިވްސްގެ ވެބްސައިޓް އެޑްރެސް

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!

8 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

 1. Anonymous 2 years ago (0)(0)

  Oops! http://www.maldives.anonymous.lv seems to be having issues.

 2. ަކޖޖ 2 years ago (0)(0)

  Oops! Google Chrome could not connect to maldives.anonymous.lv

 3. ވބވބ 2 years ago (12)(0)

  ސައިޓަކަށް ނުވަދެވޭ

 4. ފަލަކް ފާއިޤް 2 years ago (9)(4)

  މީ އެމްޑީޕީ އަޑީގަ އޮވެ ސަރުކާރުގެ އިސްމަޤާމް ތަކުގާ ތިބި އެމްޑީޕީ މީހުން. ހިންގި ދަށުދަރަޖާގެ ވަރަށް ޒިމްމާދާރުކަން ކުޑަ އެހާމެ ފިޑި އަމަލެއް މިކަން އެއްމެ ހަރުކަށި އިބާރާތުން. ކުއްވެރިކުރަން މިކަން ކުރިފަރާތްތަށް ޙޯދާ އިންސާފުގެ ކުރިމައްޗަށް ގެނެސް އޭގެ އެއްމެ ފުރިހަމަ ހަރުކަށި އަދަބު ދިނުމަށް ގޮވާލަން

 5. ހަނީ 2 years ago (28)(4)

  އޯމާއިގޯޑު، ދިޒް އިޒް އެމޭޒިންގ، ކީޕް އިޓް އަޕް އެނޮނިމްސް މޯލްޑިވްސް، ވީ ލަވްޔޫ އަލޮޓް، އެންޑް ވީވިލް ނޮޓް ފޮގެޓު ޔޫ

 6. ކަޔާން 2 years ago (23)(3)

  ނޭޝަލް އައިޑެންޓިޓީ ނަމްބަރު ތިހިރީ އަތްފޯރާ ހިސާބުގަ،

 7. ސޮރީ 2 years ago (17)(1)

  ތީ ދެން ވަރަށް ދެރަކަމެއް،

 8. މަހޭ 2 years ago (34)(4)

  އާނ .. ތީތި ސަޅިއޭ، އަސްލުވެސް..