ވިޔާ ހޮސްޕިޓަލުން ދޫކޮށްލައިފި

ޑޭވިޑް ވިޔާ - ފޮޓޯ: ސްކައި ސްޕޯޓްސް

ކިޑްނީއަށް ދިމާވި މައްސަލައަކާއި ގުޅިގެން ބާސެލޯނާ އާއި ސްޕެއިންގެ ފޯވާޑް ޑޭވިޑް ވިޔާއަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އުމުރުން 31 އަހަރުގެ ވިޔާ ބާސެލޯނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ހޯމަ ދުވަހު އެވެ. އަދި އޭނާ ދޫކޮށްލާފައިވަނީ މިއަދުގެ ވަގުތެއްގައި އެވެ.

“ޑޭވިޑް ވިޔާ ހޯމަ ދުވަހު ބާސެލޯނާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ އެތަނަށް (ކިޑްނީ) ތަދުވާތީ.” ބާސެލޯނާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ބާސެލޯނާއިން ބުނީ އަންގާރަ ދުވަހު ކިޑްނީއަށް ދިމާވި މައްސަލަތައް ހައްލުކުރުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

“ވިޔާ ބުދަ ދުވަހު ފަރިތަކުރުންތަކުގައި ބައިވެރިވާނެ، އަދި އޭނާ ކުރިއަށް އޮތް ގްރަނާޑާ މެޗުގައި ފަހަރެއްގައި ކުޅޭނެ.” ބާސެލޯނާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

ކުރިން ވެލެންސިއާއަށް ކުޅުނު ވިޔާ އަދިވެސް ފޯމަކަށް އެޅިފައިނުވާއިރު އޭނާއަށް މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ ފައި ވެސް ބިންދައިގެން ގޮސްފައެވެ. އެއަށްފަހު ކުޅުމުގެ ތެރެއަށް އައިސް އޭނާއަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ ބާސެލޯނާގެ ފުރަތަމަ 11 އިން މިހާރު ޖާގައެއް ނުލިބެ އެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!